އަބްދުއްރަހުމާން މަރާލި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި
މިހާރު
21 އޯގަސްޓު 2025 | ބުރާސްފަތި | 7:42
ފުލުހުން ހައްޔަރުކުރީ މާޅޮހުން ފާސްކުރި ތިން ގެއަށް ނިސްބަތްވާ ތިން މީހުން.
މިދިޔަ ޖުލައި 12 ވަނަ ދުވަހުގެ ރޭ އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
އެ ކަމަކު އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކުރީ މާޅޮހުގެ ތިން މީހެކެވެ.