މަސްމާރުކޭޓުގެ އިމާރާތުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވަނީ

މިހާރު

21 އޯގަސްޓު 2025 | ބުރާސްފަތި | 1:18

މާލޭ މަސް މާރުކޭޓުގެ އިމާރާތުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭ ރޯމަސް މާރުކޭޓުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާގައި އެއްވެސް އެއްބަސްވުމެއް ނެތި، ގަވާއިދާ ހިލާފަށް ހިންގަމުންދާ ބައެއް ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ބޭނުމަށް ބޭނުން ކުރަމުންދާ ތަންތަން ހުރިކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ތަންތަނުގެ ތެރެއިން، ކައުންސިލްގެ އެންގުން މިހާރު ހިއްޕާފައިވާ ތަންތަން ހިންގާ ފަރާތްތަކުން އެ ތަންތަން ހިންގަނީ ނުވަތަ ބޭނުންކުރަނީ އެއްބަސްވުމެއްގެ ދަށުން ކަމަށްވާ ނަމަ، އެ އެއްބަސްވުން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލަށް ލިޔުމަކާ އެކު ހުށަހަޅަން އެ އިއުލާނުގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް