އަބްދުއްރަހުމާނަށް ހަމަލާދިންކަން އެނގުމުގެ ކުރިން "އެ ވާހަކަ ބުނަން ފޯން ކޯލެއް"
މިހާރު
21 އޯގަސްޓު 2025 | ބުރާސްފަތި | 1:27
އއ. މާޅޮހު، އޯކިޑްމާގޭ އަބްދުއްރަހުމާނަށް މިދިޔަ ޖުލައި 12 ވަނަ ދުވަހުގެ ރޭ ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި އެކަކު، އަބްދުއްރަހްމާނަށް ހަމަލާދީފައި އޮތްކަން މީހުންނަށް އެނގުމުގެ މާ ކުރިން އަބްދުއްރަހްމާންގެ ދަރިއަކަށް ގުޅާފައި އޮތް ކަމަށާއި ގުޅީ ކީއްކުރަންތޯ އެހުމުން އެއީ ގޭދޮށަށް މީހުން އެއްވެގެން އުޅޭތީ ވެގެން އުޅޭ ގޮތެއް ބަލަން ކަމަށް ބުނެފައިވާކަން އެނގިއްޖެ އެވެ.
އަބްދުއްރަހްމާނަށް ހަމަލަދީފައި އޮތްކަން އެންމެ ފުރަތަމަ އެނގުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ.
އެނގިފައިވާ ގޮތުގައި، ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން މާޅޮހު، ފިނިވާގޭ އަހުމަދު ފާރިސް، 28 ވަނީ އެ ރޭ އަބްދުއްރަހްމާންގެ ދަރިއަކަށް ގުޅައިފަ އެވެ. އެކަމަކު، އެއީ އަބްދުއްރަހްމާންގެ ދަރިއަށް ގުޅާ މީހެއް ވެސް ނޫން ކަމަށާއި ކޯލް މިސްވެފައި އޮތުމުން ފަހުން ގުޅުމުން އޭރު ގުޅީ ގޭދޮށަށް މީހުން އެއްވެގެން އުޅޭތީ ވެގެން އުޅޭ ގޮތެއް ބަލަން ކަމަށް ބުނި ކަމަށް ވެ އެވެ.