ވިހެއުމުގެ ޗުއްޓީގައި މުސާރަ ނުދިން މުވައްޒަފަކަށް އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު ބަދަލެއް ދޭން ޖެހުމުން ހައި ކޯޓަށް
މިހާރު
21 އޯގަސްޓު 2025 | ބުރާސްފަތި | 1:46
ވިހެއުމުގެ ޗުއްޓީގައި ހުރި މުވައްޒަފަކަށް މުސާރަ ނުދިނުމުން އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ނިންމި މައްސަލައެއް ނަދާ ސެލޫން އިން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ނަދާ ސެލޫން ހިންގާ ސެލޫން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އެތަނުގައި މަސައްކަތްކުރި މުވައްޒަފަކު މައްސަލަ ހުށަހެޅީ އޭނާ ވިހެއުމުގެ ސަބަބުން ލިބުނު ޗުއްޓީގައި، މުސާރަ ދީފައިނުވާތީ އެވެ.
އޭނާ ވަނީ އަހަރީ ޗުއްޓީގައި ހުރުމަށް ފަހު، ވިހެއުމުގެ ޗުއްޓީގެ ގޮތުގައި ތިން މަހަށް ދޭން އެދިފަ އެެވެ. ނަމަވެސް، އެ ތިން މަހުގެ މުސާރަ އޭނާއަކަށް ނުދެ އެވެ. އެހެންވެ، އޭނާ އެ ވަޒީފާއިން އަމިއްލައަށް ވަކިވެ، ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ އެވެ.