ކާރިސާތަކަށް ދުރާލާ ތައްޔާރުވުމަށް ފުވައްމުލަކުގައި އާލީ ވޯނިން ސިސްޓަމެއް ގާއިމްކުރަނީ

މިހާރު

21 އޯގަސްޓު 2025 | ބުރާސްފަތި | 2:41

ކާރިސާތައް ކުރިމަތިވުމުގެ ކުރިން އެކަމަށް ތައްޔާރުވުމަށް އެހީތެރިވެދޭ މަލްޓި-ހަޒާޑް އާލީ ވޯނިން ސިސްޓަމެއް ފުވައްމުލަކުގައި ގާއިމް ކުރުމުގެ ޕްރޮޖެކްޓެއް އިފްތިތާހުކޮށްފި އެވެ.

އެ ޕްރޮޖެކްޓަކީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން އިސްނަގައިގެން ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަންގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

އެކަމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ ރާއްޖެ ފަދަ ގައުމުތަކަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ގުދުރަތީ ކާރިސާތަކަށް ހުށަހެޅިފައިވާ ގައުމެއް ކަމަށާއި މޫސުމަށް އަންނަ އެކި ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި ރަށްގިރުމާއި އުދަ އެރުން އިތުރުވެފައިވާ ކަމަށެވެ. އަދި އެފަދަ ހާދިސާތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް އެކި އަސަރުތައް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މައުޟޫޢުތަށް