ފެޑޯއިން 55 މިލިއަން ރުފިޔާގެ ބޮންޑަށް އިންވެސްކުރަން ހުޅުވާލައިފި
މިހާރު
21 އޯގަސްޓު 2025 | ބުރާސްފަތި | 2:50
ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އެއް ކުންފުނި ކަމަށްވާ ފެޑޯ ޕްރައިވެޓް ލިމިޓެޑްއިން 55 މިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ބޮންޑުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޕްރައިވެޓް ސެކިއުރިޓީޒް ޕްލެޓްފޯމް "ވިޔަނަ" މެދުވެރިކޮށެވެ. އެ ބޮންޑު އިޝޫކުރުމުގައި ޕްރިންސިޕަލް އެޑްވައިޒަރަކީ ދިވެހި އިންވެސްޓްމަންޓްސް އެވެ.
އެ ބޮންޑަށް އިންވެސްޓުކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. އެއީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގެ ކުންފުންޏަކުން ރާއްޖޭގެ ކެޕިޓަލް މާކެޓަށް ނެރޭ މިބާވަތުގެ ފުރަތަމަ މާލީ އިންސްޓްރޫމަންޓެވެ.