144 މިލިއަން ހަރަދުކޮށްގެން ހަދާ ބޭރު މަގުގެ މަސައްކަތް ފަށައިފި
މިހާރު
21 އޯގަސްޓު 2025 | ބުރާސްފަތި | 5:36
މާލޭ ރަސްމީ ފާލަމުން ފެށިގެން މާރުކޭޓާ ހަމައަށް ތާރު އަޅައި ޒަމާނީ ފެންވަރަކަށް މަގު ހެދުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
އެމްޓީސީސީއަށް 144 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގެ މަގު ތަރައްގީކުރާނީ މަގު ފުޅާކޮށް ހަތަރު ލޭނަށެވެ. އެއީ 455 ދުވަސް ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫއުއެކެވެ.