މަގު ހަދަން ފަޅު ބަންދުކުރުމުން ފެރީތަކަށް އިތުރު ދެ ސަރަހައްދެއް
މިހާރު
21 އޯގަސްޓު 2025 | ބުރާސްފަތި | 10:09
މާލޭ ރަސްމީ ފާލަމުން ފެށިގެން މާރުކޭޓާ ހަމައަށް ތާރު އަޅައި ޒަމާނީ ފެންވަރަށް ހަދާތީ އެ ސަރަހައްދުގެ ފަޅު ބަންދުކުރުމުން، އެ ސަރަހައްދު ބޭނުންކުރަމުން އައި އުޅަނދުތަކަށް ދެ ސަރަހައްދެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަމަޖައްސައިފި އެވެ.
އެމްޕީއެލްގެ އިއުލާނެއްގައި ބުނީ އެމްއެމްއޭ ކުރިމަތި ފަޅު ބަންދުކުރުމުން، އެ ސަރަހައްދުން ހިދުމަތް ހޯދަމުންދިޔަ ފެރީތަކަށް ހުއްޓުމެއް ނެތި ހިދުމަތް ދޭނީ އެމްޕީއެލްގެ ނޯތު ހާބަރުންނާއި ސައުތު ވެސްޓް ހާބަރު (ޓީޖެޓީ) އިން ކަމަށެވެ. އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެތަނުން ހިދުމަތް ދޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި ތިން މަސް ދުވަސް ހަމަވެ، މާރާމާތުގެ މަސައްކަތް ނިމުމުން އެ ދެ ހާބަރުން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ދެ ހާބަރު ހިންގުމުގެ އުސޫލުގައިވާ ގޮތަށް ހިދުމަތް ފޯރުކޮށްދޭނެ އެވެ.