ކޮރަޕްޝަނާ ގުޅުވައިގެން ޔާމީންގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް!
މިހާރު
22 އޯގަސްޓު 2025 | ހުކުރު | 1:49
މި ސަރުކާރުގެ ތެރޭގައި ބޮޑެތި ކޮރަޕްޝަންތަކާއި ވައްކަންތައް އޮތް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.
ފުރަތަމަ ފަހަރަށް ޕީއެންއެފްގެ އޮފީހުން ބޭރުގައި ބޭއްވި "ވޭކްއަޕް" ޖަލްސާގައި ޔާމީން ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއް ވެސް ދިވެހިން ދެކެފައިވާ ކަމަށާއި އޭރު ފެނުނީ ފިނިފެންމަލާއި އަސުރު މަލުގެ ޖާދުވީ އަސަރު ކަމަށެވެ. އެކަމަކު ބަޔަކަށް އެ މަންޒަރު ބަލަން ކެތްނުވެގެން އެ އަސަރު ކަނޑުވާލައި ފަނޑުނޫ ކުލަ ގެނެސްފައިވާ ކަމަށް އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.
ޕީއެެންސީއަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވި، ޅެން ބައިތުގައިވާ ގޮތުން، މި ސަރުކާރުން ގެނައީ ބަނޑުހައި ހޫނުކަމާއި ކޮރަޕްޝަނެވެ.