އަދާލަތު ޕާޓީ ވުޖޫދުން ފޮހެލަން "ބާރުގަދަ" ފަރާތްތަކުން މަސައްކަތްކުރި: އިޔާޒު

މިހާރު

22 އޯގަސްޓު 2025 | ހުކުރު | 11:49

އަދާލަތު ޕާޓީ އަށް 20 އަހަރު ވީއިރު އެ ޕާޓީން ވުޖޫދުން ފޮހެލުމަށް "ބާރުގަދަ" ފަރާތްތަކުން އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެކަމަކު އެކަން ކާމިޔާބު ނުވީ ހައްގު ބަސް ބުނާތީ ކަމަށް އެ ޕާޓީގެ އިލްމުވެރިންގެ މަޖިލިހުގެ ނައިބު ރައީސް ޑރ. އިޔާޒު އަބްދުއްލަތީފު ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، މި އޮގަސްޓް މަހުގެ 18 ވަނަ ދުވަހު އަދާލަތު ޕާޓީ އަށް 20 އަހަރު ވުމާ ގުޅިގެން އެ ކަން ފާހަގަކުރަން ބޭއްވި ޖަލްސާގަ އެވެ.

އަދާލަތު ޕާޓީގެ އިސް ފަނޑިޔާރުކަން ވެސް ކުރައްވާ އިޔާޒު ވިދާޅުވީ، ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކުގެ ޚަބަރުތައް މުޅި ދުނިޔެއަށް ހާމަކޮށްދޭ ނޫސްވެރިންގެ އަޑު ކަނޑުވާލުމަށްޓަކައި މަރަމުންދާ ކަމަށާއި އަދާލަތު ޕާޓީއާ މެދު ވެސް މާޒީގައި ކަންތައް ވެފައި ވަނީ އެ ބީދައިން ކަމަށެވެ.

މައުޟޫޢުތަށް