ކައުންސިލް އިންތިހާބުގެ މަސައްކަތަށް 260 އަށް ވުރެ ގިނަ މުވައްޒަފުން އީސީން ހޯދަނީ

މިހާރު

22 އޯގަސްޓު 2025 | ހުކުރު | 12:33

އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ މަސައްކަތަށް 260 އަށް ވުރެ ގިނަ މުވައްޒަފުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ އިއުލާންކޮށްފި އެވެ.

އީސީގެ ވެބްސައިޓުގައި ބުނީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ 260 އަށް ވުރެ ގިނަ މުވައްޒަފުން ހޯދުމަށް ސަރުކާރުގެ ގެޒެޓުގައި މިހާރު އިއުލާންކޮށްފައިވާ ކަމަށެވެ.

ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ފަހިކުރުމުގެ ގޮތުން ވޯކް-އިން އިންޓަވިއުއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އީސީން ބުންޏެވެ.

މައުޟޫޢުތަށް