މުދަލު ޒަކާތުގެ ނިސާބު އިތުރުވެއްޖެ، 11,191.95ރ.

މިހާރު

22 އޯގަސްޓު 2025 | ހުކުރު | 2:47

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު 11,191.95ރ. އަށް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި އެ އިދާރާއިން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން، އިއްޔެއިން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 11,191.95ރ. ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މި އަހަރު މުދަލު ޒަކާތުގެ ނިސާބު އެންމެ ފަހުން ކަނޑައެޅިއިރު ހުރީ 9,264.15 ގަ އެވެ. އެއީ މިދިޔަ އެޕްރީލް މަހު އެވެ.

މައުޟޫޢުތަށް