އެސްޓީއޯ އާއި މަކިޓާގެ 25 އަހަރުގެ ފާޓްނާޝިޕް ފާހަގަކޮށްފި
މިހާރު
22 އޯގަސްޓު 2025 | ހުކުރު | 5:50
އެސްޓީއޯ އާއި މަކިޓާގެ 25 އަހަރުގެ ޕާޓްނާޝިޕް ފާހަގަކުރަން ކުރުނބާ މޯލްޑިވްސް ރިޒޯޓްގައި ރޭ ހާއްސަ ހަފްލާ އެއް ބާއްވައިފި އެވެ.
މި ހަފްލާގައި އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ، ޝިމާދު އިބްރާހިމް އާއި މަކިޓާގެ ފަރާތުން މަކިޓާގެ ޑިރެކްޓާ، ކޯޕަރޭޓް އޮފިސާ، ބައިނަލްއަގުވާމީ ސޭލްސް ހެޑްކުއާޓާ، އޮމޮޓޭ ޓަކާޝީ ވެސް ބައިވެރިވެވަޑައިގަތެވެ.
މި ހަފްލާގައި މަކިޓާގެ އާ ޓޫލްސްތައް ތައާރަފްކޮށް، ހާއްސަ އެކްސްޕީރިއަންސް ޒޯނެއްގައި ބައެއް ޓޫލްތައް ބޭނުން ކުރާ ގޮތް ދައްކާލި އެވެ.