މާލެ ސަރަަައްދުގެ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސްކުރަން އިތުރު ޑްރެޖަރުތައް ބޭނުން ކުރަނީ
މިހާރު
22 އޯގަސްޓު 2025 | ހުކުރު | 6:47
މާލެ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރަން އިތުރު ޑްރެޖަރުތަކުގެ ބޭނުން ހިފަން އެޗްޑީސީން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިއްމު ރިޔާސީ އެއް ވައުދު ކަމަށްވާ، ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދޭން، މާލެ ސަރަހައްދުގައި ހުޅުމާލެ 3 އާއި ގުޅިފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަންނަ އޮކްޓޯބަރު މަހު 45،000 ޓަނުގެ ދެ ހޮޕާ ޑްރެޖަރާއި 11،000 ޓަނުގެ ހޮޕާ ޑްރެޖަރެއް ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން މިއަދު ބުންޏެވެ.