މޯލްޑިވްސް އޯޕަންގައި ޑަބަލްސް ޗެމްޕިއަންކަން އާރާގެ ޕެއާ ހޯދައިފި

މިހާރު

23 އޯގަސްޓު 2025 | ހޮނިހިރު | 10:47

މިހާރު ކުރިއަށްދާ މޯލްޑިވްސް އޯޕަން ޖޫނިއާ އިންޓަނޭޝަނަލް ޓެނިސް މުބާރާތުގެ ޑަބަލްސް ކެޓަގަރީން ރާއްޖޭގެ އާރާ އާސަލް އާޒިމު ޗެމްޕިއަންކަން ހޯދައިފި އެވެ.

ދުނިޔޭގެ ޓެނިސް ފެޑެރޭޝަނުން ގަބޫލު ކުރާ ޖޫނިއާ މުބާރާތުގެ ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން، އާރާ ހޯދުމުން އޭނާ ވެފައިވަނީ އައިޓީއެފް މުބާރާތެއްގައި ރާއްޖޭގެ ފަސް ގަނޑުގައި ކުޅެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ޑަބަލްސް އިވެންޓްގައި އާރާގެ ޕާޓްނަރަކީ ތައިލެންޑްގެ ޓަރީޓާ ހޮންސިޔާކެވެ. އެ ޕެއާއާ ދެކޮޅަށް ފައިނަލުގައި ވާދަ ކުރީ ދެކުނު ކޮރެއާގެ ސަންހިއުން ޗޯ އާއި ޗައިނާގެ ޔައިޝަން ޝޫ އެވެ.

މައުޟޫޢުތަށް