ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވަނީ

މިހާރު

23 އޯގަސްޓު 2025 | ހޮނިހިރު | 1:37

ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު ހއ. އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ޝަރަފު އެރުއްވުމަށް ރައީސް ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓުމަށް އުތީމު ރައްޔިތުން އަދާކޮށްފައިވާ ދައުރާއި އެ ކަމަށް ދޭ އަހައްމިއްޔަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުންނާއި އެ ރަށު ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާ އެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީ ކަމަށެވެ.

އެ ޝަރަފު އަރުވާނީ މާދަމާ ފާހަގަކުރާ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، އުތީމުގައި ބާއްވާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ. އެ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 10 ޖަހާއިރު އެވެ.

މައުޟޫޢުތަށް