ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ އެޗްޑީސީ އަށް
މިހާރު
23 އޯގަސްޓު 2025 | ހޮނިހިރު | 8:50
ކުރިއަށް އޮތް ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައި ވާދަކުރާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޓީމަށް، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ ޕޯޗުގަލްގެ ރިކާޑީނިއޯ ގެނެސްފި އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ފަހަރު ހޯދާފައިވާ ރިކާޑީނިއޯ ވެގެންދާނީ، އެއްވެސް ކުޅިވަރެއްގައި ރާއްޖޭގައި މިހާތަނަށް ކުޅޭ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިޔާ އަށެވެ.
ރިކާޑީނިއޯގެ ސޮއި ހޯދަން އެޗްޑީސީން ވަރަށް ބޮޑު އަގެއް ދޭން ޖެހޭނެ އެވެ. އެކަމަކު އޭގެ އެއްވެސް ތަފްސީލެއް އެޗްޑީސީން ހާމައެއް ނުކުރެ އެވެ.