އޭސީގައި ރޯވެ އެޕާޓްމެންޓަކަށް ގެއްލުންތަކެއް، އެކަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފި
މިހާރު
24 އޯގަސްޓު 2025 | އާދިއްތަ | 11:57
މާލޭގެ އެޕާޓްމެންޓެއްގައި އޭސީ އައުޓްޑޯ ޔުނިޓްގައި ރޯވެ، އެޕާޓްމެންޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެކަކަށް ފަސް ދުވަހަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.
އެމްއެންޑީއެފުން ބުނީ މ. އަފްޒާ ގޭގެ ހަވަނަ ފްލޯގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގެ އޭސީ އައުޓްޑޯ ޔުނިޓުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 7:40 ހާއިރެވެ. އަދި ފަޔާ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދަށް ގޮސް، 8 ޖަހާކަށް ހާއިރު އަލިފާންގަނޑު ވަނީ ނިއްވާލާފައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ. އެކަމަކު އެ އެޕާޓްމަންޓް ތެރެއަށް އަލިފާން ފެތުރި އެކިވަރުގެ ގެއްލުން އެތަނަށް ލިބިފައިވާ ކަމަށް އެ އިދާރާ އިން ބުނެ އެވެ.