މެޒޯ މޯޑުގެ ހަނދާނަށް ޝަރަފުވެރިކަމުގެ އިނާމު ދީފި
މިހާރު
24 އޯގަސްޓު 2025 | އާދިއްތަ | 12:28
ޕާފޯމިން އާޓްސްގެ ދާއިރާ އިން ލަވަ ކިޔުމާއި މިޔުޒިކް ކުޅުމުގެ ރޮނގުން ޝަރަފްވެރިކަމުގެ ގައުމީ އިނާމު، މި އަހަރު ނިޔާވި ރާއްޖޭގެ މަޝްހޫރު މިއުޒީޝަން މުހައްމަދު މާޖިދު (މެޒޯ މޯޑު) ގެ ހަނދާނަށް މިއަދު ދީފި އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި، މި އިނާމު ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މޯޑުގެ އާއިލާގެ ފަރާތުން އިނާމާ ހަވާލުވީ ދަރިފުޅު މީރާ މުހައްމަދު މާޖިދު އެވެ.
ދިވެހި މިއުޒިކަށް 48 އަހަރު ހިދުމަތް ކޮށްފައިވާ މޯޑުގެ މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2010 ވަނަ އަހަރު ޕާފޯމިން އާޓްސްގެ ދާއިރާ އިން ލަވަކިޔުމާއި މިއުޒިކް ކުޅުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ދީފަ އެވެ.