ބާސާ މޮޅުވިޔަސް ލެވަންޓޭއިން "ޒަހަމްތަކެއް ދީފީ"

މިހާރު

24 އޯގަސްޓު 2025 | އާދިއްތަ | 1:44

ފަހު ވަގުތު ލެވަންޓޭ ކައިރިން ބާސެލޯނާ މޮޅު ވިޔަސް، އެ ޓީމުން ދަނޑުން ފޭބީ ޒަހަމްތަކަކާ އެކު ކަމަށް މެދުކެނޑުމަކަށް ފަހު ލަލީގާގާ އަށް އެނބުރި އައި ޓީމުގެ ކޯޗު ހޫލިއަން ކަލޭރޯ ބުނެފި އެވެ.

ލަލީގާގެ ދެވަނަ ޑިވިޝަނުގެ ތަށި މިދިޔަ ސީޒަނުގައި ހޯދުމަށް ފަހު އަލުން ޕްރޮމޯޓްވި ލެވަންޓޭން ކުޅުނު ދެވަނަ މެޗުން ބާސާ ސަލާމަތްވީ ފަހު ވަގުތު ލެވަންޓޭގެ ޑިފެންޑަރު އުނައި އެލެގްޒެބަލް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

ފުރަތަމަ ހާފު ލެވަންޓޭން ނިންމާލީ ދެ ލަނޑުގެ ލީޑަކާ އެކު އެވެ. އެކަމަކު ބާސާއިން ދެވަނަ ހާފުގެ ކުރީކޮޅު ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ.

މައުޟޫޢުތަށް