ސެޓްފިކެޓް ފޯޖުކުރާ މައްސަލަ ބޮޑުވެ، ފުލުހުން ތަހުގީގު ފަށައިފި
މިހާރު
24 އޯގަސްޓު 2025 | އާދިއްތަ | 4:35
ތައުލީމީ ސެޓްފިކެޓް ފޯޖުކުރާ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައި ވާތީ، ފުލުހުން ތަހުގީގެއް ފަށައިފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވަޒީފާ އާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެޕްލައިކުރުމަށް ސައްހަ ނޫން އެކަޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ މައްސަލަތައް ހުށަހެޅުން އިތުރުވެފައިވާ ކަމަށެވެ.
މިފަދަ އަމަލުތަކަކީ ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލ،ި އެ ކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބި އަދި އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.