ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކަން ޖަހައިގެން ސްކޭމްކުރާ މީހަކު ހައްޔަރުކޮށްފި
މިހާރު
24 އޯގަސްޓު 2025 | އާދިއްތަ | 9:16
ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކާ ކަމަށް ބުނެ ޕޯސްޓުތައް ޖަހައި، ތަފާތު އެކި ސްކޭމް ހިންގައި، މީހުންގެ އަތުން ފައިސާ ހޯދަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އައްޑޫ މީދޫ ފުނޯސް، އަބްދުﷲ މިލްހާނެވެ.
ފުލުހުން މިއަދު ބުނީ އެންޓި-ސްކޭމް ސެންޓަރާއި އައްޑޫ ހުޅުމީދޫ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މީދޫއިން ކަމަށެވެ.