ތަރައްގީކުރުމަށް ފަހު ހަނިމާދޫ އެއާޕޯޓް އެންމެ ލަސްވެގެން ނޮވެމްބަރުގައި ހުޅުވަނީ

މިހާރު

25 އޯގަސްޓު 2025 | ހޯމަ | 8:47

އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން އިތުރަށް ތަރައްގީކުރަމުން އަންނަ އަންނަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އެންމެ ލަސްވެގެން، އަންނަ ނޮވެމްބަރަށް ނިންމުމަކީ ސަރުކާރުގެ އަމާޒު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެއާޕޯޓު މަސައްކަތްތައް ދިގުލައިގެން ގޮސްފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެ މަނިކުފާނު ވަނީ މިހާރު ކުރިއަށްދާ މަސައްކަތްތަކާ އެކު އިންޓަނޭޝަނަލް ދަތުރުތަކަށް އެއާޕޯޓް ފުރިހަމައަށް ތައްޔާރުކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

މައުޟޫޢުތަށް