ފިލްމީ އާއިލާއަކަށް ނިސްބަތްނުވާތީ ބޮލީވުޑްގައި އުޅެން އުނދަގޫ: ކްރިތީ

މިހާރު

25 އޯގަސްޓު 2025 | ހޯމަ | 12:12

ފިލްމީ އާއިލާއަކަށް ނިސްބަތްނުވާތީ ބޮލީވުޑްގައި މަސައްކަތް ކުރަން ވަރަށް އުނދަގޫ ކަމަށް ކްރިތީ ޝެނޮން ބުނެފި އެވެ.

ކްރިތީގެ ފިލްމީ ހަޔާތާ ބެހޭ ގޮތުން ނިއުސް 18 އަށް މިދިޔަ ބުރާސްފަތި ދުވަހު އޭނާ ދިން އިންޓަވިއުއެއްގައި ބުނީ ބޮލީވުޑްގެ ނުފޫޒުގަދަ ފިލްމީ އާއިލާއެއްގެ މީހަކަށް ނުވާތީ، ކެރިއަރުގައި މިހާރު ހުރި ހިސާބަށް ދިއުމަށް އޭނާއަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

ނުފޫޒުގަދަ މީހެއްގެ އެހީތެރިކަން ނެތި ބޮލީވުޑްގައި ކުރިއަށް ދެވޭނީ މަސައްކަތަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ބަހައްޓައި ފަރުވާތެރިވެގެން ކަމަށާއި މާ ފަސޭހައިން އެއްވެސް ކަމެއް ނުވާނެ ކަމަށެވެ. އަދި މާ އަވަހަށް ހިތްވަރު އެލުވާލައިފި ނަމަ، ކާމިޔާބީއަށް ހަމައަށް ދިއުމަށް އުނދަގޫވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މައުޟޫޢުތަށް