ނުހެދި އޮންނަތާ 17 އަހަރުވީ ނާގޯށި ނިންމައި، އަންނަ އަހަރު ހުޅުވަނީ
މިހާރު
25 އޯގަސްޓު 2025 | ހޯމަ | 6:29
ޓޫރިޒަމަށް މީގެ 17 އަހަރު ކުރިން ދޫކުރި ހދ. ނާގޯށީގެ މަސައްކަތް ނިންމައި، އަންނަ އަހަރު ހުޅުވަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
ހދ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގައި މިއަދު މެންދުރު އެ މަނިކުފާނު ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ.
މިއަދު އެ އަތޮޅު ނާވައިދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވަނީ އެމްޓީޑީސީއާ އެތަން ހަވާލުކޮށް އަލުން މަސައްކަތް ފެއްޓެވުމަށް ގަސްދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.