މީޑިއާ ކޮންޓްރޯލް ކުރުމުގެ ޝައުގެއް ނެތް، ބިލް އިސްލާހު ކުރަން ދަންނަވައިފިން: ރައީސް
މިހާރު
25 އޯގަސްޓު 2025 | ހޯމަ | 11:20
ރައީސް ވިދާޅުވީ، މީޑިއާ ރެގިއުލޭޓް ކުރުމުގައި ވެސް އަދި ބެލެހެއްޓުމުގައި ވެސް އެ މަނިކުފާނުގެ ކޮންޓްރޯލެއް ބާއްވަން ބޭނުންފުޅު ނުވާ ކަމަށް.
މީޑިއާ ކޮންޓްރޯލް ކުރުމަކީ އެއްވެސް އިރެއްގައި ޝައުގުވެރިވެވަޑައިގަންނަވާ ކަމެއް ނޫން ކަަމަށާއި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އުފައްދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރުން އައްޔަން ކުރެއްވުމުގައި ވެސް އެ މަނިކުފާނަށް ކޮންޓްރޯލް އޮންނަ ގޮތަށް ބާއްވަން ބޭނުންފުޅު ނުވާތީ އެ ބައިތައް އިސްލާހު ކުރަން ޕީއެންސީގެ މެމްބަރުންނަށް ދަންނަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހދ. ނޮޅިވަރަންފަރުގެ ރައްޔިތުންނާ އެކު ބޭއްވި ޖަލްސާގައި މީޑިއާ ކޮމިޝަންގެ ބިލާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަށް އެ ބިލް އެކުލަވައިލަން ބޭނުންފުޅު ނުވާ ކަމަށެވެ.