ނޮޅިވަރަންފަރުގައި އަމިއްލަ ގޯތީގައި ގެ ނެހެދިފައި ތިބި މީހުންނަށް 100 ހައުސިން ޔުނިޓް އަޅައިދެނީ

މިހާރު

25 އޯގަސްޓު 2025 | ހޯމަ | 11:02

ހދ. ނޮޅިވަރަންފަރުގައި އިތުރު 100 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް އަންނަ މަހުގެ ކުރީކޮޅު އެޗްޑީސީއާ ހަވާލު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ނޮޅިވަރަންފަރު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، އެ 100 ހައުސިން ޔުނިޓް އިމާރާތް ކުރަން ގަސްދު ކުރައްވަނީ ގޯތި ލިބި އެކަމަކު އެ ގޯތީގައި ގެއެއް އެޅުމުގެ ފުރުސަތު ލިބިފައި ނެތް މީހުންނަށް ހާއްސަ ކޮށްގެން ކަމަށެވެ.

"އެ އިން ކޮންމެ ބޭފުޅެއްގެ ގޯތީގައި ތިން ކޮޓަރީގެ ހައުސިން ޔުނިޓެއް އެޅުމުގެ މަޝްރޫއެއްގެ ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދާނީ. އެހެންވީމާ އެ ފަރާތްތައް ކައުންސިލުން ފާހަގަކޮށްދޭންވީ. ކައުންސިލާއި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާނީ،" ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް