ފިނޭންސްގެ އެޑްވައިޒަރަކަށް ހަމްދޫން ހަމީދު
މިހާރު
26 އޯގަސްޓު 2025 | އަންގާރަ | 10:43
ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީގެ އެޑްވައިޒަރަކަށް ކުރީގެ ޕްލޭނިން އެންޑް ނެޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ހަމްދޫން ހަމީދު ސަރުކާރުން އައްޔަންކޮށްފި އެވެ.
އެ މަގާމަށް ހަމްދޫން އައްޔަންކުރި ސީދާ ތާރީހެއް ސާފުނުވި ނަމަވެސް މިނިސްޓަރު ފެންވަރުގައި އެ މަގާމަށް މިހާރު އޭނާ އައްޔަން ކޮށްފައިވާކަން އެ މިނިސްޓްރީން ކަށަވަރު ކޮށްދިނެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރުކަން ކުރެއްވި ހަމްދޫން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިންގަޕޫރުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ވެސް ކުރެއްވި އެވެ.