ޓިކްޓޮކްގައި ކުޑަ އަންހެން ކުއްޖަކު ވިއްކާލަން ފޮޓޯ އާންމުކުރި މައްސަލަ ބަލަނީ
މިހާރު
26 އޯގަސްޓު 2025 | އަންގާރަ | 2:52
ސޯޝަލް މީޑީއާ ޕްލެޓްފޯމް ޓިކްޓޮކްގައި ކުޑަ އަންހެން ކުއްޖަކު ވިއްކާލަން އިއުލާންކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ޓިކްޓޮކް ލައިވްއެއްގައި، 13 އަހަރުގެ އަންހެން ކުއްޖެއްގެ ފޮޓޯ ދައްކައި، އެ ކުއްޖާއާ ގުޅޭ ގޮތުން ހަޑިހުތުރު ވާހަކަދައްކައި އަދި އެ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ އަަމަލެއް ހިންގާފައިވާ ކަމުގެ ރިޕޯޓް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލިބިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.