އާލިއާ އާއި ރަންބީރް އާ ގެޔަކަށް ބަދަލުވަނީ
މިހާރު
26 އޯގަސްޓު 2025 | އަންގާރަ | 11:46
ބޮލީވުޑްގެ ސެލެބްރިޓީ ކަޕުލް ރަންބީރް ކަޕޫރާއި އާލިއާ ބަޓް އަންނަ އޮކްޓޯބަރު މަހު އެމީހުންގެ އާ ގެޔަށް ބަދަލުވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރަންބީރާއި އާލިއާ ބަދަލުވަނީ އިންޑިއާގެ މުމްބާއީގައި ފިލްމީ ތަރިން ވަރަށް ގިނައިން ދިރިއުޅޭ ސަރަހައްދެއް ކަމަށްވާ ބެންޑްރާގައި ހުންނަ ގެއަކަށެވެ. އެއީ ރަންބީރުގެ ކާފަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ރާޖް ކަޕޫރުގެ ގެ އެވެ.
އެ ގެއަކީ 2022 ވަނަ އަހަރުގެ އެޕްރީލް މަހު އެމީހުން ކައިވެނިކުރުމުގެ ކުރިން، ކައިވެންޏަށް ފަހު ދިރިއުޅެން މަރާމާތުކުރަން ފެށި ތަނެކެވެ. އެ ގެ މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއްވީ އިރު، މިހާރު ވަނީ މަސައްކަތް އެއްކޮށް ނިމެން ކައިރިވެފަ އެވެ.