ހުރާގައި އޮތް އުރީދޫ މަސް ރޭހުގެ ޗެމްޕިއަން ޓީމަކީ "ބާކީ"

މިހާރު

26 އޯގަސްޓު 2025 | އަންގާރަ | 12:13

އުރީދޫން މިދިޔަ ހުކުރުދުވަހު ކ. ހުރާގައި ކުރިއަށް ގެންދިޔަ މަސްރޭހުގެ ޗެމްޕިއަން ކަން ޓީމު "ބާކީ" އިން ހޯދައިފި އެވެ.

މާލެ ސަރަހައްދުގެ 19 ޓީމެއް ވާދަކުރި ރޭހުގެ ޗެމްޕިއަންކަން ޓީމު ބާކީ އިން ހޯދީ 545 ޕޮއިންޓުންނެވެ. އެ ޓީމުން ވަނީ 25،000ރ. ގެ ފައިސާގެ އިނާމު ކާމިޔާބު ކޮށްފަ އެވެ. އެ ރޭހުގައި 490 ޕޮއިންޓާ އެކު ޓީމް "ނޮރަ" ވަނީ 10،000ރ. ކާމިޔާބުކޮށްފަ އެވެ. އަދި 370 ޕޮއިންޓާ އެކު ތިން ވަނަ އަށް ހުށައެޅި 5000ރ. ހޯދީ ޓީމު އަނަންތަރާއިންނެވެ.

މި ރޭހުގައި އެންމެ ބަރު މަހަކަށް ބޭނީ 21 ކިލޯގެ ފާނައެކެވެ. މި މަސް ބޭނީ ޓީމް އަނަންތަރާގެ މަލާޒް އެވެ. މި ރޭހުގެ އެންމެ މޮޅު ފިރިހެން މަސްވެރިޔަކަށް ހޮވުނީ 36 މަސް ބޭނި ކްލަބް އެމްޓީސީސީގެ ޒިޔާދު އެވެ. އެ ރޭހުގެ އެންމެ މޮޅު އަންހެން މަސްވެރިއަކަށް ހޮވުނީ ހަތް މަސް ބޭނި ސްޓެލްކޯ ކަނބަލުންގެ އަމީނާ އެވެ. މި ދެ މަސްވެރިންނަށް ވެސް ހައި ފިޝިން އިން ސްޕޮންސާކޮށްފައިވާ ޕީއައިއޯ އަލްޓިމޭޓް ސީ ސްޕިރިޓް/ގޭންގްސްޓާ (އެޗް/ޑީ) ދޮއްޓެއް ވަނީ ލިބިފަ އެވެ.

މައުޟޫޢުތަށް