ފެންނަނީ ރައީސްގެ ކެމްޕޭނުގެ ވައުދުތައް ވެރިކަމުގެ ދައުރުގައި ހަގީގަތަކަށްވާތަން: ވައިކަރަދޫ ރައީސް

މިހާރު

26 އޯގަސްޓު 2025 | އަންގާރަ | 6:08

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިހާތަނަށް ފެނިވަޑައިގަންނަވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރަށްރަށަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަންކަން ފުރިހަމަ ކުރައްވާ ތަން ކަމަށް ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވައިކަރަދު އަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް ޒާމިރު ވިދާޅުވީ ކެމްޕޭނު ދުވަސްވަރު ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދެއްކެވި އެއް ބޭފުޅަކީ އެއީ ކަމަށް ވާނެ ކަމަށެވެ.

އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ރަށު ފަސްގަނޑުގައި ތިބެގެން ކުރަންޖެހޭ ކަންކަން ރަށުގައި ތިބެގެން ކުރެވޭނެ ގޮތެއް ހެދުމާއި ކަންކަމަށް ގޮތް ނިންމުމުގެ ބާރު އެ ރަށަކަށް ހޯދުމަށް ކަމަށް ޒާމިރު ވިދާޅުވި އެވެ.

މައުޟޫޢުތަށް