ކުޅުދުއްފުށީގެ މަގު ހެދުން އާރުޑީސީއަށް، އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުން އެމްއޭސީއެލްއާ ހަވާލުކޮށްފި

މިހާރު

26 އޯގަސްޓު 2025 | އަންގާރަ | 7:25

ހދ. ކުޅުދުއްފުށީގެ ބޮޑެތި މަގުތައް ހެދުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ، އަދި އެ ރަށު އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތްތައް ފެއްޓެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. އަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު އެ ރަށަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތުގަ އެވެ.

ކުޅުދުއްފުށީގެ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ހައުސިން އިންފްރާންސްޓަރަކްޗާގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އެވެ.

މައުޟޫޢުތަށް