އަދީބުގެ އެމްޓީޑީ އުވާލަން ނިންމައިފި
މިހާރު
26 އޯގަސްޓު 2025 | އަންގާރަ | 7:53
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ 2018 ގައި އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އުވާލަން އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަން ކޮމިޝަނުން އެމްޓީޑީ އުވާލަން ނިންމީ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުކުރެވުމުގެ ސަބަބުންނެވެ. ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގައި އެންމެ މަދުވެގެން 3،000 މެންބަރުން ތިބެން ޖެހޭނެ އެވެ.
މީގެކުރިން ވެސް 3،000 މެންބަރުން ހަމަނުވާތީ، އެ ޕާޓީއަށް ފުރުސަތު ދިނެވެ. އެ ފުރުސަތުގައި އެ ޕާޜީން އެ އަދަދަށް މެންބަރުން ހަމަ ވެސް ކުރި އެވެ.