ދޯންޏެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
މިހާރު
26 އޯގަސްޓު 2025 | އަންގާރަ | 11:47
ކ.ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، މީހަކު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، މި ހާދިސާގައި މަރުވީ ބ. ކުޑަރިކިލު، ފިނިވާގެ، އަހްމަދު ޝިހާމެވެ.
"ލިއޯ" ނަމަކަށް ކިޔާ ދޯނި ބަންޑުން ޖަހާލިިއިރު ހަ މީހަކު ކަނޑުވި އެވެ. އޭގެ ތެރެއިން ޝިހާމް ގެއްލިގެން އެމްއެންޑީއެފުން އައީ ހޯދަމުންނެވެ.