ތިން އަލީ؛ ދަގަނޑޭ، ސެންޓޭ އަދި ސުޒޭންއާ އެކު ނިއު އިން ތިން އަހަރުގެ އެއްބަސްވުމަކަށް

މިހާރު

27 އޯގަސްޓު 2025 | ބުދަ | 12:08

އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އަދި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭން، ރަސްމީކޮށް ނިއު ރޭޑިއަންޓާ މިރޭ ގުޅިއްޖެ އެވެ.

ދަގަނޑޭ އާއި ސެންޓޭ އަދި ސުޒޭންއާ އެކު ވެސް ނިއު އިން ވަނީ ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިން ދިވެހި ޕްރިމިއާ ލީގުން ވަކިވާން ނިންމުމުން، އެ ޖާގަ ލިބޭނީ ނިއު އަށެވެ. އެކަމަކު އެކަން ކަށަވަރު ވާނީ އެފްއޭއެމްގެ އެކްސްކޯއިން ފާސް ކުރުމުންނެވެ. މާލީ ގޮތުން އަޑިގަނޑަށް ވެއްޓިފައިވާ ކަމަށް ބުނެ ސަސް އިން ލީގު ވަކިވިޔަސް ބެލެވިފައިވާ ގޮތުގައި އެ ކްލަބުން އެގޮތަށް ނިންމީ ނިއުގެ މިހާރުގެ މެނޭޖްމެންޓާ އެކު ހެދި ޑީލެއްގެ ދަށުންނެވެ.

މައުޟޫޢުތަށް