ބީއެމްއެލްގެ ތިންވަނަ ބިޒްނަސް ސެންޓަރު ކުޅުދުއްފުށީގައި
މިހާރު
27 އޯގަސްޓު 2025 | ބުދަ | 9:36
ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކު، ބީއެމްއެލްގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ ބޭންކުގެ ތިންވަނަ ބިޒްނަސް ސެންޓަރު ހދ. ކުޅުދުއްފުށީގައި އިމާރާތް ކުރުމަށްޓަކައި އިއްޔެ ބިންގާ އަޅައިފި އެވެ.
އެ ރަސްމިއްޔާތު ބޭއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުޅުދުއްފުއްޓަށް އިއްޔެ ކުރެއްވި ދަތުރުފުޅުގަ އެވެ. އެ ހަފުލާގައި އެ މަނިކުފާނުގެ އިތުރުން ބައެއް މިނިސްޓަރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި، ކުޅުދުއްފުށީގައި ހަދާ ބީއެމްއެލްގެ ދެވަނަ ބްރާންޗު ވާނީ އެ ސިޓީގެ ބިޒްނަސް ސެންޓަރަށެވެ.