ރެއާލްގެ ޒުވާން ޑިފެންޑަރަކު ގައުމީ ޓީމަށް ކުޅުވަން ފްރާންސާއި ސްޕޭނުން ގަދަހިފުމަށް

މިހާރު

27 އޯގަސްޓު 2025 | ބުދަ | 10:45

ރެއާލް މެޑްރިޑްގެ އެކަޑަމީ ޓީމުގެ ޒުވާން ޑިފެންޑަރަކު ގައުމީ ޓީމަށް ކުޅުވަން ފްރާންސާއި ސްޕެއިންގެ މެދުގައި ބޮޑު ވާދަވަރިކަމެއް އުފެދިއްޖެ އެވެ.

އުމުރުން 16 އަހަރުގެ ލިއޯ ލަމައިޓްރާ ކުޅެމުންދަނީ ރެއާލްގެ ސީ ޓީމަށެވެ. އޭނާގެ ކުޅުމުގެ ހުނަރާ އެކު ކުރިމަގުގައި ވަރުގަދަ ތަރިއަކަށް އޭނާ ވާނެ ކަމަށް ދެ ގައުމުގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން އުއްމީދު ކުރެ އެވެ.

ސްޕެއިންގެ ޒަރަގޯޒާ އަށް އުފަން ލަމައިޓްރާގެ ބައްޕައަކީ ފްރާންސް ރައްޔިތެކެވެ. އެހެންވެ ފްރާންސަށް ކުޅުމުގެ އިހްތިޔާރު ވެސް އޭނާ އަށް ލިބެ އެވެ.

މައުޟޫޢުތަށް