ގެދޮރުވެރިޔާ ފްލެޓް އެއްބަސްވުމުގައި 2،000 މީހުންނާ އެކު ސޮއިކޮށްފި
މިހާރު
27 އޯގަސްޓު 2025 | ބުދަ | 12:08
ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.
އެފްޑީސީން ބުނީ ގެދޮރުވެރިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ފެށިތާ އެއް މަސްދުވަހުގެ ތެރޭގައި 2،000 އަށް ވުރެ ގިނަ މީހުންނާ އެކު އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. އަދި ބާކީ ތިބި މީހުންގެ ތެރެއިން މިހާތަނަށް 1،530 މީހުންގެ އެއްބަސްވުމުގައި ސޮއިކުރަން ތާވަލް ކޮށްފައިވާ ކަމަށް ބުންޏެވެ.
އެ ކޯޕަރޭޝަނުން ބުނީ އަމާޒަކީ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމައި، އެ ތަންތަން ހަވާލުކުރަން ފެށުން ކަމަށެވެ.