ޓްރަމްޕުގެ ފޯނަށް މޯދީ ޖަވާބެއް ނުދެއްވާ: ރިޕޯޓް
މިހާރު
27 އޯގަސްޓު 2025 | ބުދަ | 4:07
އިންޑިއާގެ މުދަލަށް އެމެރިކާއިން މިއަދުން ފެށިގެން 50 ޕަސެންޓުގެ ޓެރިފް ނަގަން ފަށާއިރު އެ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއަށް ތަކުރާރުކޮށް ގުޅުއްވާފައިވާ ކަމަށާއި އެކަމަކު އެއްވެސް ފޯން ކޯލަކަށް ޖަވާބު ނުދެއްވާ ކަމަށް ޖަރުމަނުގެ ނޫހަކުން ރިޕޯޓްކޮށްފި އެވެ.
އިންޑިއާގެ މުދަލުން 25 ޕަސެންޓް ޑިއުޓީ ނަގަން ނިންމުމަށް ފަހު އިތުރު 25 ޕަސެންޓް ޓެރިފެއް މިއަދުން ފެށިގެން ނަގަން ފެށީ އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނާތީ އެކަމުގެ އަދަބެއްގެ ގޮތުން ކަމަށް ބުނެ އެވެ.
"ފާއިތުވި ހަފުތާތަކުގައި ޓްރަމްޕް ވަނީ ހަތަރު ފަހަރެއްގެ މަތިން ފޯނުން މޯދީއާ ބައްދަލުކުރުމަށް މަސައްކަތް ކުރައްވާފައި،" ޖަރުމަނުގެ މަޖައްލާއެއް ކަމަށްވާ ފްރޭންކްފާޓާ އެލްގެމެއިން ޒީޓުންގް (އެފްއޭއެސް) އިން ރިޕޯޓްކޮށްފައިވެ އެވެ.