ނޫސްވެރިން ޕްރެޝާކުރުމާ އެކު އަސްވާޑާއި ޚަލީލް މީޑިއާގެ ކުރިމައްޗަށް!

މިހާރު

28 އޯގަސްޓު 2025 | ބުރާސްފަތި | 11:54

މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ބިލުގައި ހުރި ކަންބޮޑުވާން ޖެހޭ ކަންކަމާ ގުޅިގެން ނޫސްވެރިން ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރަން ޕްރެޝާކުރަމުން ދަނިކޮށް، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލް އާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ދެންމެ ނޫސްވެރިންނާ ބައްދަލުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް އިއްޔެ އެ ބިލު ބަލައިގަތީ ނޫސްވެރިން އިހުތިޖާޖުކޮށް، އެ ބިލު މަޖިލީހުން ބޭރުކުރަން ގޮވާލައި އަޑުއުފުލަމުން ދަނިކޮށެވެ. ހަފުތާއެއްހާ ދުވަސް ފަހުން ޚަލީލް އާއި އަސްވާޑު ނޫސްވެރިންނާ ނުރަސްމީކޮށް މިއަދު ބައްދަލުކުރެއްވީ ރައީސް އޮފީހުގެ ބޭރުގައި ހުންނަ މި ސަރުކާރުން ހެދި "މީޑިއާ ފެންޑާ"ގެ އެވެ.

ޚަލީލް އާއި އަސްވާޑު އެތަނަށް ވަޑައިގަތުމާ އެކު ނޫސްވެރިން ވަނީ އެ ބިލުގައި ހުރި ނޫސްވެރިން ކަންބޮޑުވާ ވަކިވަކި މާއްދާތަކާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. ނޫސްވެރިންގެ އެންމެ ބޮޑު ސުވާލަކަށް ވީ، އަމިއްލަ މެމްބަރަކު މަޖިލީހަށް ހުށަހަޅާފައިވާ އެ ބިލާ މެދު ސަރުކާރުގެ "ސްޓޭންޑަކީ" ކޮބައިހެއްޔެވެ؟

މައުޟޫޢުތަށް