ކިޑްނީގައި ހިލަ އުފެދުން އިންޑިއާގެ ޒުވާނުންގެ މެދުގައި 40 ޕަސެންޓް އިތުރުވެއްޖެ، ސަބަބަކީ ހޫނު
މިހާރު
28 އޯގަސްޓު 2025 | ބުރާސްފަތި | 12:15
ކިޑްނީގައި ހިލަ އުފެދުމުގެ މައްސަލަތައް އިންޑިއާގައި ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށާއި މި މައްސަލަ ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ ތެރޭގައި ގިނަ ކަމަށް އިންޑިއާގެ ސިއްހީ ތަޖުރިބާކާރުން ބުނެފި އެވެ.
އިންޑިއާގެ މީޑިއާގައި ޑޮކްޓަރުންނާ ހަވާލާދީ ކޮށްފައިވާ ރިޕޯޓްތަކުގައިވާ ގޮތުން ކިޑްނީގައި ހިލަ އުފެދުމުގެ މައްސަލަ ވަނީ 30-40 ޕަސެންޓް އިތުރުވެފަ އެވެ.
ތަޖުރިބާކާރުން ވިދާޅުވެފައިވާ ގޮތުގައި މިކަމުގެ އެންމެ ބޮޑު ސަބަބަކަށް ވެފައިވަނީ ހޫނު ގަދަވުމާއި ފެން މަދުވުމާއި ބައެއް ބާވަތްތަކުގެ ކާނާ އެވެ. އަދި ހާއްސަކޮށް، ފާސްފުޑްގެ ބާވަތްތައް އާންމުވެ ފަސޭހައިން ލިބޭނެ ގޮތަށް ހުރުމަކީ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.