އަބްދުއްރަހުމާން މަރާލި މައްސަލަ: އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް

މިހާރު

28 އޯގަސްޓު 2025 | ބުރާސްފަތި | 12:32

އއ. މާޅޮހުގައި މިދިޔަ މަހު މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އަހުމަދު އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް މިދިޔަ އަންގާރަ ދުވަހު އިތުރުކޮށްފި އެވެ.

އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން ދިރިއުޅޭ ގޭގެ ތެރޭގައި މަރާލި މައްސަލައިގެ ތުހުމަތުގައި އާޝިދު ހިމެނޭ ގޮތަށް އެ ރަށު ތިން މީހަކު ހައްޔަރުކުރީ މި މަހު 21 ވަނަ ދުވަހު އެވެ. އެ މައްސަލާގައި އާޝިދުގެ އިތުރުން ހައްޔަރުކުރީ މުހައްމަދު ވިޝާމް އާއި އަހުމަދު ފާރިސް އެވެ.

ވިޝާމް އާއި ފާރިޝް ވަނީ ޝަރީއަތް ނިމެންދެން ވަނީ ބަންދު ކޮށްފަ އެވެ. ނަމަވެސް އާޝިދު ބަންދަށް ކޯޓުން ފުރަތަމަ ދިނީ ފަސް ދުވަހެވެ.

މައުޟޫޢުތަށް