ތަފުސީލަށް ވަޑައިނުގެން އަސްވާޑު ވިދާޅުވީ މީޑިއާ ބިލުގައި އެއްބަސްނުވެވޭ ކަންކަން އެބަހުރި ކަމަށް
މިހާރު
28 އޯގަސްޓު 2025 | ބުރާސްފަތި | 1:27
މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ބިލުގައި އެއްބަސްނުވެވޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރަން ނޫސްވެރިން ޕްރެޝަރު ކުރަމުން ދަނިކޮށް، ރައީސް އޮފީހުގެ ބޭރުގައި ހުންނަ މި ސަރުކާރުން ހެދި "މީޑިއާ ފެންޑާ"ގެ ކުރިމައްޗަށް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލާއި އަސްވާޑު ނުކުމެވަޑައިގަތުމާ އެކު ނޫސްވެރިން ވަނީ އެ ދެ ބޭފުޅުންނަށް ވަރަށް ގިނަ ސުވާލުތައް ކުރިމަތި ކޮށްފަ އެވެ.
ނޫސްވެރިން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ކުރީގެ ނޫސްވެރިޔާ އަސްވާޑު ވިދާޅުވީ ނޫސްވެރިކަމަށް އޭނާ ވަރަށް ލޯބި ކުރައްވާ ކަމަށާއި އެ ބިލުގައި ހުރި ހުރިހާ އެއްޗަކަށް އޭނާ އެއްބަސްނުވާ ކަމަށެވެ.