މީޑިއާ ބިލް އަނބުރާ ގެންދަންޖެހޭ ކަމަށް ނުދެކެން: އޭޖީ އުޝާމް
މިހާރު
28 އޯގަސްޓު 2025 | ބުރާސްފަތި | 4:43
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މީޑިއާ ރެގިއުލޭޓްކުރާ ބިލު އަނބުރާ ގެންދަންޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެކަމަކު ބިލް އިސްލާހު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ބިލު އަނބުރާ ގެންދަން ނޫސްވެރިން ގޮވަމުން ދަނިކޮށް ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ބާއްވަމުން އަންނަ ޕްރެސް ކޮންފަރެންސްގައި އުޝާމް ވިދާޅުވީ، މީޑިއާ ރެގިއުލޭޓް ކުރުމަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި ކުރިން އުޅުއްވި ދުވަސްވަރު އޭރު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވެސް ވަނީ މިފަދަ ބިލެއްގެ މަސައްކަތްކޮށް، އެއީ މީޑިއާ ކައުންސިލާއި ބްރޯޑްކޮމާއި އެކަމުގައި އުޅުއްވާ އެކި ފަރާތްތަކާ މަޝްވަރާކޮށް، ބަންޑާރަ ނައިބުގެ އޮފީހަށް ވެސް އެކަން ހިއްސާ ކޮށްފައިވާ އުޝާމް ވިދާޅުވި އެވެެ.