އޭޖީގެ ޕްރެސް ކޮންފަރެންސް ނޫސްވެރިންތަކެއް ބޮއިކޮޓްކޮށްފި
މިހާރު
28 އޯގަސްޓު 2025 | ބުރާސްފަތި | 7:40
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު މަޖިލީހަށް ހުށަހެޅި "މިޑީއާ ކޮންޓްރޯލް ބިލު" އަނބުރާ ގެންދަން ލަފާ ނުދެއްވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވުމުން ނޫސްވެރިންތަކެއް އެ ޕްރެސް ބޮއިކޮށްފި އެވެ.
ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އޮތް ބިލު އަނބުރާ ގެންދަން ގިނަ އަދަދެއްގެ ނޫސްވެރިންނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ވެސް ގޮވާލާފައިވާއިރު، ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެ ބިލު އަނބުރާ ނުގެނެސް އިސްލާހު ކުރެވޭނެ ކަމަށެވެ.
އުޝާމް ވަނީ ބިލު އަނބުރާ ގެންދިއުމަށް ނަގަން ނުޖެހޭ ކަމަށް ގަބޫލުކުރައްވަނީ އޮގަސްޓް 2022 ގައި މީޑިއާ ކައުންސިލުން ފޮނުވާފައިވާ ބިލެއްގެ ޑްރާފްޓަކާއި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި މާބޮޑު ތަފާތެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާތީ ކަމަށެވެ.