ފަރާގެ އާ ޝޯއެއް؛ އާންޓީ ކިސްކޯ ބޯލާ!
މިހާރު
29 އޯގަސްޓު 2025 | ހުކުރު | 9:27
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ކޮރިއޯގްރެފާ ފަރާ ޚާންގެ ކައްކާ ޝޯއަށް ލިބުނު ބޮޑު ތަރުހީބާއެކު އޭނާ އާ ޝޯއެއް ގެނެސްދޭން ނިންމައި އެކަން އިއްޔެ އިއުލާންކޮށްފި އެވެ.
ފަރާ އަލަށް އިއުލާންކުރި ޝޯގެ ނަމަކީ "އާންޓީ ކިސްކޯ ބޯލާ" ކިޔާ، އަންހެނުންނަށް ހާއްސަކޮށްފައިވާ ޓެލެންޓް ޝޯއެކެވެ. އެ ޝޯގެ ފުރަތަމަ އެޕިސޯޑު މިއަދު ގެނެސްދޭން ވަނީ ނިންމައިފަ އެވެ.
ފަރާގެ ޔޫޓިއުބްގެ ޗެނަލުން ގެނެސްދޭ އެ ޝޯގެ ފުރަތަމަ އެޕިސޯޑުގެ މެހުމާނުންނަކީ ގޯވިންދާ އަންހެނުން ސުނީތާ އަހޫޖާ އާއި ފަރާގެ ކޮއްކޮ އަދި ޑައިރެކްޓަރު ސާޖިދު ޚާން އެވެ.