ޗެމްޕިއަންސް ލީގުގައި ޕޮގްބާ، ޔުވެންޓަސްއާ ދެކޮޅަށް

މިހާރު

29 އޯގަސްޓު 2025 | ހުކުރު | 10:07

މަނާ ބޭހަށް ޕޮޒިޓިވް ވެގެން ދެ އަހަރެއްހާ ދުވަހު ސަސްޕެންޝަނެއްގައި ހޭދަކުރުމަށް ފަހު މި ސީޒަންގައި ކުޅެން ފެށި ޕައުލް ޕޮގްބާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި، އޭނާގެ ކުރީގެ ކްލަބް ޔުވެންޓަސްއާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

ޕޮގްބާ މިހާރު ކުޅެމުން އަންނަ ފްރާންސްގެ މޮނާކޯ، ޔުވެންޓަސްއާ ދެކޮޅަށް ކުޅޭނީ މޮނާކޯގެ ދަނޑުގަ އެވެ.

ލީގު ބުރުގައި ޔުވެންޓަސްގެ އިތުރުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި ވާއިރު، ރެއާލް މެޑްރިޑާ ދެކޮޅަށް ސެންޓިއާގޯ ބެރްނެބުއޭގައި ކުޅެން ވަނީ ހަމަޖެހިފަ އެވެ. ހަމައެއާއެކު ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޓޮޓެންހަމާ ދެކޮޅަށް ކުޅެން ލަންޑަނަށް ދަތުރުކުރާނެ އެވެ. މީގެ އިތުރުން ކްލަބް ބްރޫޖް، ބޯޑޯ/ގްލިމްޓް، ގަލަތަސަރާއީ އަދި ޕާއޯސްއާ ދެކޮޅަށް ވެސް މޮނާކޯ ކުޅޭނެ އެވެ.

މައުޟޫޢުތަށް