މިޔަރު ހިމާޔަތްކުރުމުގެ ނަމޫނާ ދަމަހައްޓަން ރާއްޖެއަށް ގޮވާލައިފި

މިހާރު

29 އޯގަސްޓު 2025 | ހުކުރު | 8:46

މިޔަރު ހިމާޔަތްކޮށް، ރައްކާތެރިކުރަން ރާއްޖެ އިން މުޅި ދުނިޔެ އަށް ދައްކައިދީފައިވާ ނަމޫނާ ދަމަހައްޓަން މިޔަރު ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއަކުން ގޮވާލައިފި އެވެ.

ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް އަންނަ ނޮވެމްބަރު މަހުން ފެށިގެން ސަރުކާރުން ހުއްދަ ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަންގާރަ ދުވަހު އިއުލާން ކުރެއްވުމާ ގުޅިގެން، އިނގިރޭސި ވިލާތުގެ 'ޝާކް ގާޑިއަން' ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ޖަމިއްޔާ އިން ރައީސަށް ފޮނުވި ސިޓީއެއްގައި ބުނީ، ރާއްޖެއަކީ 2010 ވަނަ އަހަރުން ފެށިގެން މިޔަރު ހިމާޔަތް ކޮށްފައިވާ ގައުމެއް ކަން އިއުލާނުކުރުމާ ގުޅިގެން، އެއީ ދުނިޔެ އަށް ގާއިމުކޮށްދިން ނަމޫނާއެއްގެ ގޮތުގައި ބަލައިގެންފައިވާ ކަމަށެވެ.

މައުޟޫޢުތަށް