ޓޫރިޒަމްގެ ހާއްސަ މަންޒިލަކަށް ރާއްޖެ ހެދުމުގައި އެމްޔޫ މަނިކުގެ ދައުރު ބޮޑު: ރައީސް

މިހާރު

30 އޯގަސްޓު 2025 | ހޮނިހިރު | 10:34

ރާއްޖެއަށް ޓޫރިޒަމް ގެނައުމުގައި އެންމެ އިސްކޮށް އުޅުއްވި އަދި ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ހިއްސާދާރު، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ކޮލިގޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އުމުރުން 78 އަހަރުގައި އެމްޔޫ މަނިކު އަވަހާރަވީ ސިއްހީ ހާލު ވަރަށް ބޮޑަށް ދެރަވެ، ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނެވެ.

ދައުލަތަށް 19 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ، އެމްޔޫ މަނިކު އަވަހާރަވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައަކާ އެކު ކަމަށެވެ.

މައުޟޫޢުތަށް